ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވިޔަސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ނުހައްގުން މީހުން ޖަލަށް ލުމާއި، މުވައްސަސާތަކުން ނުހައްގުން މީހުންނަށް އަދަބުދޭ މައްސަލައާ ގުޅޭ ގޮތުން ވަކީލު ޝާހު ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް ހުރު އިރު، މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ
އަޅުގަނޑަކީ ކުރީގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަކާލާތު ކުރި މީހެއް. އެކަމަކު ފަނޑިޔާރުންގެ ނުކުޅެދުންތެރިކަން، ޢަދުލުވެރިކަންނެތްތަން ފެނުނީމާ އަޅުގަނޑު މަރުގެ ހުކުމާ ދެކޮޅު މިހާރު، ޔާމީން ވިދާޅުވި އެވެ. އަޅުގަނޑަކަށް ނުކެރޭނެ މީހުންގެ މައްޗަށް މަރުގެ ހުކުމް ގެންނާކަށް ފަނޑިޔާރުން، މިހާރު މިތިބަ ފަނޑިޔާރުންގެ ތެރެއިން ކުރުވަން ހެޔޮނުވާނެ އިނގޭތޯ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގ ޝަރުއީ ނިޒާމުގެ ތެރޭގައި މިފަދަ ބޮޑެތި ކަންބޮޑުވުންތަކެެއް ހުރުމާ ގުޅިގެން ޕީއެންއެފްގެ މެނިފެސްޓޯގައި މަރުގެ ހުކުމްް ތަންފީޒު ކުރަން ނުހިމަނާނެ ކަމަށް ވިދާޅުވިއެވެ.
”އެހެންވީމާ ތީކީ (މަރުގެ ހުކުމް ތަންފީޒު ކުރުމަކީ) އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ ވާހަކައެއް ނޫން. އަޅުގަނޑަކަށް ލާހިކެއްނޫން މީހުންނަށް މަރުގެ ހުކުމް ދޭކަށް، ޔާމީން ވިދާޅުވި އެވެ. އެއީ އެކަން ކޮށް ފައިސަލާކުރަން މިތިބެނީ އެއްކަލަ ފަނޑިޔާރުންނޭ. ކިހިނެއްތޯ އެމީހުންގެ މައްޗަށް މިކަން ދޫކޮށްލާނީ.“
ޔާމީންގެ ސަރުކާތުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމައި އެކަމާ ގުޅޭ ތައްޔާރީތަކެއް ވެސްވެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސަރުކާރަކުން މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.
އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނަމުން އަންނަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަަމަށެވެ.