ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ޝޯއެއް އަންނަ ހަފުތާގައި އަބޫ ދާބީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ޝޯ އޮންނާނީ ޔާސް އައިލޭންޑްގެ އިއްތިހާދު އެރީނާގަ އެވެ. އެ ޝޯގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. އާތިފަކީ ކުރިން ވެސް ޔޫއޭއީގައި ގިނަ ޝޯތަކެއް ދީފައިވާ ފަންނާނެކެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޕަފޯމްކޮށްފައިވާ އާތިފަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަކަށް ވެސް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. އަދި އޭނަ އަކީ ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ އެއް ފަންނާނެވެ.
ތިން ކުދިން ތިބި އާތިފް މިހާތަނަށް ތިން އަލްބަމް ނެރެފައިވެ އެވެ. އެއީ 2008 ގެ 'މޭރީ ކަހާނީ' އާއި 2006 ގެ 'ދޫރީ'ގެ އިތުރުން 2004 ގެ 'ޖަލް ޕަރީ' އެވެ.
އަބޫ ދާބީ ޝޯ އަށް ފަހު މަހުގެ 24 ގައި ބަންގްލަދޭޝްގެ ޑާކާގައި ވެސް އާތިފް ޝޯއެއް ދޭން ހަމަޖެހިފައިވެ އެވެ.