ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފި އެވެ.
ގައުމި އެއާލައިން، މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި އައްޑޫން ފެށި މި ތާރީހީ ދަތުރަށް އުމްރާވެރިން ފުރީ ރޭ ދަންވަރު 1230 ގަ އެވެ. ޓްރެވަލާގެ މި ދަތުރުގައި އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުތަކުގެ ރަށްތަކުން ވެސް މީހުން އުމްރާއަށް ގޮސްފައިވެ އެވެ.
މޯލްޑިވިއަންގައި އައްޑޫ ގަމުން އުމްރާ އަށް ފުރާ މީހުން ދަތުރުކުރާނީ ސީދާ ޖިއްދާއަށެވެ.
Celebrating a milestone together. 🎉
Representatives from Island Aviation Services Limited, Gan International Airport, The Traveller, distinguished guests and passengers came together for a ceremonial cake cutting to commemorate the launch of the inaugural Gan – Jeddah flight.… pic.twitter.com/2a4lJClcWQ
— MaldivianAero (@MaldivianAero) July 11, 2026
ޓްރެވެލާ އިން މިފަދަ ބޮޑު ލުއެއް ގެނެސްދީފައިވާތީ މިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށް އެ ކުންފުންޏަށް އަންނަނީ ޝުކުރު ވެސް އަދާކުރަމުންނެވެ. އައްޑޫން ސީދާ އުމްރާ އަށް ދެވޭ ގޮތަށް ދަތުރުރަކެއް ކުރަން ނިންމިކަން ޓްރެވެލާ އިން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އެޕްރީލް މަހުގެ މަހުގެ މެދުތެރޭގަ އެވެ.
އަދި ދަތުރުތައް ކުރާނެ ދުވަސްތަކާއި އަގުތައް ރަސްމީކޮށް އިއުލާންކުރީ އެ ކުންފުނިން އިންތިޒާމުކޮށްގެން ސިޓީތަކަށް ހާއްސަކޮށްގެން އެޕްރީލް މަހު ގެންދިޔަ ދަރުސް ޓުއާގެ ތެރެއިން އައްޑޫގައި އެ މަހުގެ 30 ވަނަ ދުވަަހުގެ ރޭ ބޭއްވި ދަރުސްގެ ތެރޭގަ އެވެ.
އެގޮތުން ރޭ ފުރަތަމަ ދަތުރު ފެށިއިރު، އައްޑޫން ބާއްވާ އުމްރާގެ ދެވަނަ ދަތުރު އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. ފަނަރަ ދުވަހުގެ މި އުމްރާ ދަތުރުތަކުގެ އަގަކީ 29،999ރ. އެވެ.