އދ. ދިއްދޫގައި މުޅިން އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވައިފި އެެވެ.
މިދިޔަ ހުކުރު ދުވަހު އެ ދަނޑު ހުޅުވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އެކި ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށް ދިނުމަށްޓަކައި މިހާރު ވެސް މުޅި ރާއްޖެ ހިމެނޭ ގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުޓްސަލް ދަނޑުތަކުން މޮޅެތި ގިނަ ކުޅުންތެރިންތަކެއް މުޖުތަމައަށް ނިކުމެ ގިނަ ޒުވާނުންނަކަށް ފުރުސަތުތައް ފަހިވެގެން ދިޔުމަކީ ސަރުކާރުން މިކަމަށް ދޭ އަހަމިއްޔަތު ފެނިގެންދާ ކަމެއް ކަމަށެވެ.
ފަސް ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ދިއްދޫ ފުޓުސަލް ދަނޑު އަޅަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.