Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

މި އަހަރުގެ ދައުރާ ޕްރޮގްރާމް ފަށައިފި

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ސިލްސިލާ ދައުރާ ޕްރޮގްރާމްގެ މި އަހަރުގެ ޕްރޮގްރާމް ފަށައިފިއެވެ.

އެ ޕްރޮގްރާމް ރޭ އިފްތިތާޙުކޮށް ދެއްވީ ސަޢޫދީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ބިން ޙަސަނުލް ޤަޙްޠާނީ އެވެ.

ދައުރާ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނެވެ. މީގެ އިލްމީ ސެޝަންތަކެއް ދަންފަޅިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ އެވެ.

ދައުރާ ޕްރޮގްރާމު ފުރަތަމަ ބޭއްވީ 2024 ގަ އެވެ.