Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

އެކްސިޑެންޓްވި ކާރަކުން މަސްތުވާތަކެތި

އެކްސިޑެންޓްވި ހިފެހެއްޓިި އިރު އެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ލަގްޒަރީ، ގައިސް އަބްދު ﷲ އަނީސް، 27، އެވެ. ކުރިން ވެސް ކުށުވގެ ކުށުގެ ރެކޯޑް އޮތް މި ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ބުނީ ގައިސް އެކްސިޑެންޓްވި ކާރުން މަސްތުވާތަކެތި އަޅާފައިވާ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އޭނަގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން ސީއޭޓީ، އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.