Last Updated: July 12, 22:47
Sunday, July 12, 2026
ދުނިޔެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވެއްޖެ

ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ޙަލީފާ އަލް ސާނީ އަވަހާރަވެއްޖެ އެވެ.

ހަމަދު މިއަދު އަވަހާރަވި އިރު އުމުރުފުޅަކީ 74 އަހަރެވެ.

އަމީރުންގެ ބައްޕާފުޅުގެ ގޮތުގައި ސިފަކުރާ ހަމަދަކީ ގަތަރު ހިންގެވުމުގެ ޒިންމާ 1995-2013 އާ ހަމަައަށް އުފެއްލެވި ބޭފުޅެކެވެ. އޭނަގެ ދައުރުގައި ގައުމަށް އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވި އެވެ. ހާއްސަކޮށް އިގުތިސާދީ، އިޖުތިމާއި އަދި ސަގާފީ ގޮތުން ބައިނަލްއަގްވާމީ ދުނިޔޭގައި ގަތަރު ވަރަށް ފާހަގަކޮށްލެވޭ ގައުމަކަށްވެގެން ދިޔައީ ޝައިހް ހަމްދާންގެ ދައުރުގަ ތެރޭގަ އެވެ.

އޭނަ މިއަދު އަވަހާރަވިކަން ގަތަރުގެ ސަރުކާރުން އިއުލާންކުރި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެެ.