ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އަނެއްކާ ވެސް ގިނަ އަދަދެއްގެ ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ޓާސްކް ފޯހުން އިއްޔެ ތިލަފުށީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން 836 ބިދޭސީން ބަލައި ފާސްކޮށް، ގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުން އައި 32 ބިދޭސީއަކު އެކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން 2023 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށި ރާއްޖޭގެ އެކި ހިސާބުތަކުން ގަވާއިދު ހިލާފު ބިދޭސީންތަކެއް މިހާތަނަށް އަތުލައިގެންފައިވެ އެވެ. އަދި އެންމެ ގިނަ މީހުން އަތުލައިގެންފައި ވަނީ މާލެ ސަރަހައްދުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން، ހޯމްލޭންޑް މިނިސްޓްރީން 2024 އިން ފެށިގެން ކުރަނގިގެ ނަމުގައި އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ.