އެމްޑީޕީގައި ވަރަށް އިސްކޮށް އުޅޭ އަންވަރު އިބްރާހީމް ސިވިލް ކޯޓަށް ހާޒިރު ކުރަން ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކ. އާގެ، ތ. ތިމަރަފުށި، އަންވަރު، 59، ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.