އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގެގ "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހަކު ފުރިހަމަކޮށްފި އެވެ.
އެ ކޯސް ފުރިހަމަ ކުރެއްވީ ޗީފް ސުޕްރިންޓެންޑެންޓް ފާތިމަތު ނަޝްވާ އެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ.
ޖުމްލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމްގެ މޮޑިއުލް 3 ކުރިއަށް ގެންގޮސްފައި ވަނީ ޖޫން 29، 2024 މި މަހުގެ 10 އަށް އިނގިރޭސިވިލާތުގަ އެވެ.
މި ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމަތަކުން ޖުމްލަ 62 އޮފިސަރަކު ދަސްވެނިވިފައިވެ އެވެ.
ޕްރޮގްރާމްގެ ތެރެއިން، މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން، ސްޓޭކް ހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާ ކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް އުނގަންނައި ދީފައިވެ އެވެ.