ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ޙަލީފާ އަލް ސާނީ މިއަދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ އާއިލާއަށާއި ސަރުކާރަށް ތައުޒިޔާ ދަންނަވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހަމަދު އަވަހަރާވި ޚަބަރު އެެއްސެވީ ފުން ހިތާމައާ އެކީގައި ކަމަށާއި އެ ގައުމަށް ލިބިފައިވާ މި ހިތާމައިގައި ބައިވެރިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރީގެ އަމީރަކި އެ މަނިކުފާނުގެ ދައުރުގައި ގަތަރަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދައި ދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ހަމަދު އަވަހާރަވި އިރު އުމުރުފުޅަކީ 74 އަހަރެވެ.
އަމީރުންގެ ބައްޕާފުޅުގެ ގޮތުގައި ސިފަކުރާ ހަމަދަކީ ގަތަރު ހިންގެވުމުގެ ޒިންމާ 1995-2013 އާ ހަމަައަށް އުފެއްލެވި ބޭފުޅެކެވެ. އޭނަގެ ދައުރުގައި ގައުމަށް އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވި އެވެ. ހާއްސަކޮށް އިގުތިސާދީ، އިޖުތިމާއި އަދި ސަގާފީ ގޮތުން ބައިނަލްއަގްވާމީ ދުނިޔޭގައި ގަތަރު ވަރަށް ފާހަގަކޮށްލެވޭ ގައުމަކަށްވެގެން ދިޔައީ ޝައިހް ހަމްދާންގެ ދައުރުގަ ތެރޭގަ އެވެ.