Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

މަތީ ދަރަޖަ އިނާމަށް ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބުނީ ނާމަށް ނަން ހުށަހެޚުމުހެ ފުރުސަތު އަންނަ މަހުގެ 31 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ.

މި އިނާމު މި އަހަރު ވެސް ދޭނީ ހަތަރު ގިންތިއަކުންނެވެ.