Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ކޯޓަށް ގެންދަން ހިތަދޫ އަންހެނަކު ހޯދަނީ

ބަންދުކޮށްގެން އައްޑޫ ހިތަދޫ އަންހެނަކު ކޯޓަށް ހާޒިރު ކުރަން ޖެހިފައިވާތީ އޭނަ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ހޯދަނީ ލޫޒަން، ހިތަދޫ، އާލާ އިބްރާހީމް ރަޝީދު، 34، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އާލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.