Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕްގެ އާ ބުރަށް އިތުރު ވަގުތު

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕްގެ ތިން ވަނަ ބުރަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ އެޕްރީލް މަހުގެ އިންޓާންޝިޕްގެ އާ ބުރަކަށް ހުޅުވައިލި އިރު، އެޕްލައި ކުރަން ކުރިން ދިން މުއްދަތު ވަނީ މިދިޔަ މެއި މަހުގެ 25 އަށް ހަމަވެފަ އެވެ. ނަމަވެސް މިހާރު ވަނީ މުއްދަތު އަންނަ މަހުގެ 16 އާ ހަމައަށް މުއްދަތު އިތުރުކޮށްފަ އެވެ.

އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕުން ޖާގަ ދޭން ނިންމާފައިވަ ވަނީ 15 މީހަކަށެވެ.

މިކަމާ ބެހޭ އިތުުރު މައުލޫމާތު މި ނަންބަރު 6885045 އަދި މި މެއިލް [email protected] އިން ހޯދޭނެ އެވެ. އޭއީއެޗްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ. ރާއްޖޭގައި މިހާރު މެޑިކަލް އިންޓާންޝިޕް ކުރިއަށް ގެންދާ ތަންތަނުގެ ތެރޭގައި ދެން ހިމެނެނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން އޭޑީކޭ އެވެ.