ދަރުބާރުގޭ ކައިރި ބޮޑުތަކުރުފާނު މަގުގައި މިއަދު ހިނގި އެކްސިޑެންޓުގައި ނިޔާވި މީހާ ނިޔާވީ ލޮރީއެއް ދަށުވެގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު މެންދުރުފަހު 3:57 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ހމ. ގޯތި ނަންބަރު 20054، އިބްރާހީމް ނާސިހު، 39، އެވެ. އެކްސިޑެންޓަށްފަހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފަ އެވެ.
ފުލުހުން ބުނީ އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.