މާފުށީ ޖަލުގައި ތިބި ޕެރޯލް އަށް ޝަރުތު ހަމަވާ ގައިދީންނާ އިންޓަވިއުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްޞަ ބައްދަލުވުންތަކެއް އިއްޔެ މާފުށި ޖަލުގައި ބާއްވާފައިވާ ކަމަށެވެ.
މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތް ބަލާފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެ އެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެ އެވެ. މީގެތެރެއިން، ޝަރުޠު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 189 ފޯމެވެ.