ޕެންޝަން އޮފީހުގެ ބޯޑަށް އައިޝަތު ޝިފާ ހަމަޖައްސައިފި އެވެ.
މިކަމާ ގުޅިގެން އޭނަ އެ އޮފީހުން އިއްޔެ އޭނަ އަށް މަރުހަބާ ވެސް ކިިޔައިފައިވެ އެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ޝިފާ ހަމަޖެއްސި އިރު، މިދިޔަ ހަފުތާގައި އެ އޮފީހުގެ ބޯޑަށް ފެނަކައ ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އައްޔަންކޮށްފައިވެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އެތަނުގެ ބޯޑަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރައްވާފައިވާ ޔާމީން އިދުރީސް ވެސް އައްޔަންކޮށްފައިވެ އެވެ. އަދި މެއި މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލް މަޖީދު އަލީ ހަމަޖައްސާފައިވެ އެވެ.
އެ އޮފީހަށް ސީއީއޯއެއް ހޯދަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކުރި އެވެ.