Last Updated: July 13, 22:22
Tuesday, July 14, 2026
ޚަބަރު

ޕީއެންސީގެ އިންތިހާބުގައި މާރާމާރީ ހިންގި އިތުރު މީހަކު ހައްޔަރަށް

ޖުލައި 11 ގައި ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން. މި އިންތިހާބު 131 ދާއިރާއެއްގައި ކުރިއަށްދާ އިރު، ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރާނެ. ފޮޓޯ/ ޕީއެންސީ

މިދިޔަ ހޮނިހިރު ދުވަހު ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދަނިކޮށް މާރާމާރީގައި ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަނިކޮށް އެ ފޮށި ހުރި ހުޅުމާލޭ ފޭސް ދޭއްގެ ކާމިލްދީދީ ސްކޫލަށް ބަޔަކު ވަދެ، މާރާމާރީ ހިންގި މައްސަލައިގައި އިއްޔެ 2 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އުމުރުން 23 އަހަރާއި، 24 އަހަރުގެ މީހެކެވެ.

މި މައްސަލަ އަންނަނީ އިތުރަށް ކުރަމުންނެވެ.