ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އާއި ފުލުހުން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ދާދި ފަހުން ވެސް ކަރެކްޝަންސް އިން ވަނީ ފުލުހުންނާ ގުޅިގެން މާފުށީ ޖަލާއި ހުޅުމާލެ ޖަލުގައި ވެސް އޮޕަރޭޝަނެއް ހިންގައިފަ އެވެ.
ޖަލުތަކުގެ ކަންކަން ހަރުދަނާ ކުރުމަށް މިހާރު އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަނާ ތަކެތި ޖަލުތަކަށް ވެއްދިން ހުއްޓުވުމަށްޓަކައި އެކަމަށް ހާއްސަ ވަސީލަތްތައް ޖަލުތަކުގައި އަންނަނީ ގާއިމު ކުރަމުންނެވެ.