Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ހިންގާތީ ޖޫރިމަނާކޮށްފި

މާލޭގެ މަގެއްގެ މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ހިންގާތީ ފިހާރައެއް ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކުރީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓެވެ. ކައުންސިލުން ވަނީ ސޯޝަލް މިޑިއާ ޕޯސްޓެއްގައި ބުނީ އެ ފިހާރައިގެ ބޭރުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުން ގެންދާ މަންޒަރު ފެންނަނަ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

މި މައްސަލައިގައި ބަރުރާ މާޓް ޖޫރިމަނާކުރި ނަމަވެސް ޖޫރިމަނާކުރީ ކިހާ އަދަދަކުން ކަމެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.