ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު ފުރާވަޑައިގަތީ ހެނދުނު ކަމަށެވެ.
މި ދަތުރަކީ ޤަޠަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން ، އެޤައުމުގެ އަމީރުޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރެކެވެ.
ހަމަދު އަވަހާރަވުމާ ގުޅިގެން އެޤަ އުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.
އެ ގައުމަށް ރައީސް މުއިއްޒު މިއަދު ވަޑައިގެންނެވި އިރު، ހަމަދު އަވަހާރަވުމެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް އެއް ދުވަހަށް ވަނީ ތިރިކޮޮށްފަ އެވެ. އެއީ މިއަދު މެންދުރު 12:00 އިން މާދަމާގެ މެންދުރު 12:00 އަށެވެ.