އައްޑޫގެ ގުޅިފައިވާ އެކި އަވަށްތަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ކަރަންޓް ސާމާނުތަކެއް ވިއްކާލާފައި ވަނިކޮށް ހޯދައި، ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އައްޑޫ ފުލުހުން ބުނީ އެ ތަކެއްޗަކީ އެކި ދުވަސްވަތިން އެކި ސަރަހައްދުތަކުން ވަގަށް ނަގައިގެން މަރަދޫ މީހަކަށް ނުއަގުގައި ވިއްކާފައިވާ ވަނިކޮށް ހޯދާފައިވާ ތަކެތި ކަމަށެވެ.
އެހެންވެ އެ ތަކެތީގެ ވެރިފަރާތްތަކުން ފުލުހުންގެ ކޯލް ސެންޓަރު ނަންބަރު 125 އަށް ގުޅައި، ތަކެއްޗާ ހަވާލުވެލުވުމަށް އެދިފައިވެ އެވެ.