މި މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ 5 ވަނަ ބުރަށް ހުޅުވައިލުމުން 160 ޒުވާނުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވާ 140 ޒުވާނުންގެ އިންޓަވިއު މިހާރު ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފަސް ވަނަ ބުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާއިރު، މާލެ އާއި އައްޑޫ ފިޔަވާ އެހެން އަތޮޅުތަކުގައި ތިބި ކުދިންގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމަށް ހއ. އިން 9، ހދ. 10، ށ. 11، ނ. 15، ރ. 10، ބ. 4، ޅ. 7، ކ. (މާލެއާއެކު) 28، އއ. 5، އދ. 5، ވ. 1، މ. 8، ފ.1، ދ. 6، ތ. 10، ލ. 4، ގއ. 6، ގދ. 3، ފުވައްމުލައް. 3، އަދި އައްޑޫން 14 ކުދިން ފޯމު ހުށަހެޅި އެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ 4 ބުރުގައި 621 ޒުވާން ޚަޠީބުން ތަމްރީނުވެފައިވެ އެވެ.
މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. ޕްރޮގްރާމް ފެށީ 2024 ގަ އެވެ.
ޒުވާން ޚަތިީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅައިގެން ވެސް މީގައި ބައިވެރިވެ އެވެ.