އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ ފުރަތަމަ ދައުރާ ޕްރޮގްރާމް ނިންމާލައިފި އެވެ.
މިއީ އެ މިނިސްޓްރީ އާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޕްރޮގުރާމު ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ޚައްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ދައުރާ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނަށެވެ.