Last Updated: July 13, 22:22
Tuesday, July 14, 2026
ޚަބަރު

ރައްޔިތުންގެ އަަޑުގައި ބައިވެރިވާން ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވުމަޑް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ބައްދަލުވުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މީގެ ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވައިލަން ނިންމީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ

އެތުން ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުންތަކުގައި ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ސީދާ ރައީސާ ބައްދަލުކޮށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ރޭ މެންދަމު 12 އާ ހަމަައަށް ހުޅުވާލާފައިވާ ކަމަށެވެ.

ނަން ނޯޓް ކުރާނީ rayyithungeadu.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށެވެ.

ފުރަތަމަ ބައްދަލުވުން މި މަހުގެ 26 ހުގެ ކުރިން ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް ޢިއުލާންކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ގުޅިގެން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމްގަ އެވެ.