ދިވެހި ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އާ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާައާ މަޝްވަރާކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ އަލްޤަޙްތާނީއާ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު މިއަދު ބޭއްވ ބައްދަވުމުގަ އެވެ. އެގޮތުން ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަހުގީގުގެ ދާއިރާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވެ އެވެ.