Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ހޮމިސައިޑް ޔުނިޓްގެ އިސްވެރިއަކަށް އަލުން ސާމިހް

ފުލުހުންގެ ހޮމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިތަކަށް މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަލުން އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި 5 ގަ އެވެ.

އޭރު މަގާމުން ސާމިހު ދުރުކުރީ އޭޕްރީލް 18، 2025 ގައި އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ނަމަވެސް ފުލުހުން ބުނީ މިދިޔަ މަހުގެ ތެރޭގައގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ސާމިހް ކުރިން ހުރި މަގާމަށް އަލުން އައްޔަންކޮށްފައިވާ ކަމަށެވެ.