ބ. އޭދަފުށީ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
އެ މީހާގެ ހަށިގަނޑު ޑިންގީއެެއްގައި ތިބި ބަޔަކު ނަގައިގެން ގޮސް ރަށުގެ ބަނދަރުމައްޗަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްއިވާ އިރު، ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހާ އޭދަފުށީ، ސީސަންގޭ ޢަލީ ޢަބްދުﷲ، 82، އެވެ.
އޭނަ މޫދުން ފެނުނު އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.