ހިމަބިހިޖެހިގެން ޒުވާނަކު ނިޔާވެއްޖެ އެވެ.
އެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ނިޔާވީ ގދ. ފިޔޯރީ އަށް ނިސްބަތްވާ އިބްރާހީމް ދިޔާޝް ރަޝީދު، 24، އެވެ.
ފެނަކައިގެ ވަޒީފާ އަދާކުރަމުން ދިޔަ ޒުވާނާގެ ޖަނާޒާ ވަނީ ރޭގެ މަޢުރިބް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި ބާއްވައިފަ އެވެ. ދިޔާޝްގެ ކުއްލި ވަކިވުމާ ގުޅިގެން އެ ކުންފުނިން ވެސް ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުނު ފަހުން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ 120 އަށް ވުރެ ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އިން ބުނެފައިވެ އެވެ.
ހިނަބިއްސަކީ ރާއްޖެ އިން ނައްތާލެވިފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ. މި ބަލީގެ ކޭސްތަކެއް ރާއްޖެ އިން މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެންނަން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދާދި ފަހުން ވަނީ މުޅި ރާއްޖޭގައި އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.