Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ހިތަދޫން ވަގަށް ނެގި ސައިކަލެއް ހޯދައިފި

އައްޑޫ ހިތަދޫން ވަގަށް ނެގި ސައިކަލެއް ފުލުހުން ހޯދައިފި އެވެ.

އައްޑޫ ފުލުހުން މިއަދު ބުނީ އެ ސައިކަލަކީ ރޭ ހިތަދޫ ފްލެޓް ސަރަހައްދުން ވަގަށް ނެގި ސައިކަލެއް ކަމަށެވެ. އަދި އެވައްކަން ހިތަދޫ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ސައިކަލް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ނެގި ސައިކަލަކީ ވޭވް 125 ސައިކަލެކެވެ.