ހުޅުމާލޭގައި ހަދަން ނިންމާފައިވާ ކަންނެލިމަސް ފެކްޓަރީ އަޅަން ބަޔަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ އެ މަސައްކަތް އަމިއްލަ ބަޔަކާ ހަވާލުކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ޝިޔާމު ވިދާޅުވީ ފެކްޓަރީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމާނެ އެވެ. ހުޅުމާލޭގައި ހަދަން ނިންމާފައި ވަނީ 100 މެޓްރިކް ޓަނުގެ ފެކްޓަރީއެކެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އެހީ ދަށުން ގާއިމުކުރާ ފެކްޓަރީ އެޅުމަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ދީފަ އެވެ.
ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނީ އެ ފެކްޓަރީ މެދުވެރިކޮށް ކަމަށެވެ