މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެތަނުން މިއަދު އާންމުކުރި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނިފައިވެ އެވެ. މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ފެނިފައިވެ އެވެ.
ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ 24 އަހަރުގެ ޒުވާނަކު އިއްޔެ ވަނީ ނިޔާވެފަ އެވެ.
މެއި މަހުން ފެށިގެން ރާއްޖެ އިން ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދާދި ފަހުން މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިން ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވެ އެވެ.
ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ. އެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުމާއި ކިނބިހިއެޅުމާއި ކަރުތެރެ ހަލާކުވެ ފާރުވުމާއި ކެއްސުމާއި ވަރުބަލިވުމާއި ނުތަނަވަސްވުމާއި ގައިގައި ނުވަތަ މަސްތަކުގައި ރިހުމުގެ އިތުރުން ކާހިތްނުވުން ހިމެނެ އެވެ.
ޞިއްޙީ މާހިރުން އަންނަނީ ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އިރުޝާދު ދެމުންނެވެ.