Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސައިބާ ކުށްތައް 105 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގައި ސައިބާ ކުށްތައް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، މި އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފަ އެވެ. މި އަހަރު 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ އިރު، އެކި ފިޔަވަޅުތައް އެޅުމަށް ފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފަ އެވެ.

އޭގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައިސައިބާ ކުށްތަކުގެ ނިސްބަތް އެހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާތީ އެވެ. އެގޮޔުން ތަފާސްހިސާބުތަކުން ދައްކާ ގޮތޔގައި ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވެ އެވެ.

ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގ ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފައެވެ. މިއީ 439 ޕަސެންޓްގެ އިތުރުވުމެކެވެ. މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާ އިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރި އަދި އެންމެ ބޮޑަށް އިތުރުވި ބާވަތެވެ. ސޯ

ޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެ އެވެ. މިއީ 626 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 ޕަސެންޓަށް އިތުރުވެފައިވެ އެވެ.