އައްޑޫ ހިތަދޫ ފްލެޓްތަކުގެ މަރާމާތަށް ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ ފްލެޓްތައް މަރާމާތު ކުރަން ބޭނުން ވަނީ ދެ އަހަރުގެ މުއްދަތަށް ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 21 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހިތަދޫ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ފްލެޓްތަކެކެވެ. އެގޮތުން 16 ޓަވަރެއްގައި 264 ފްލެޓް ހަދާފައިވެ އެވެ.