Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނޯންނާނެ

މި އަހަރު ވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުވުން ނުބާއްވަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ.

މިދިޔަ އަހަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނުބާއްވަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގަ އެވެ. އެ ޖަލްސާގައި ރައީސް ޤައުމާ މުޚާޠަބު ކުރައްވާނެ އެވެ.

މިނިވަން ދުވަހަކީ ޖުލައި 26 އެވެ.