Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

އިންޓްރަސްޓް ދަށްކޮށް ލޯން ދޫކުރަން ފަަށައިފި

ގައުމީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ބައެއް ލޯންތަކުގެ އިންޓަރެސްޓް ރޭޓްތައް ދައްކޮށް، އަލަށް ކަނޑައެޅި އިންޓަރެސްޓް ރޭޓްތަކުގެ ދަށުން ލޯނު ދޫކުރަން ފަށައިިފި އެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށްކޮށް ލޯނު ދޫކުރަން ފެށީ ބޭންކްގެ މާލީ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

ލޯންތަކުގެ އިންޓަރެސްޓް ރޭޓަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާ އިރު ބީއެމްއެލް އިން ދޫކުރާ ހައުސިން ލޯންގެ އިންޓަރެސްޓް ރޭޓް ދެ ޕަސަންޓް ކުޑަކުރަން ވަނީ ނިންމި އިރު، ޕާސަނަލް ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސަންޓް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ލޯންތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލުތަކެއް ގެނައި ނަމަވެސް މިހާރު ދޫކުރަމުންދާ ލުއި ލޯންގެ އިންޓަރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ލުއި ލޯންގެ އިންޓަރެސްޓް ރޭޓްގެ ގޮތުގައި މިހާރު ނަގަނީ 18 ޕަސަންޓެވެ.

ބީއެމްއެލްގެ ލޯންތަކަށް 11 ޕަސަންޓާއި 18 ޕަސަންޓާ ދެމެދުގެ އަދަދެއްގައި އާންމުކޮށް ނަގަ އެވެ.