Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޓެކްސް ކޮމިޝަނަރަކަށް އައްޔަން ކުރާނީ އަމީޒާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާތިމަތު އަމީޒާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އަމީޒާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

މިހާރު ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެއީ އަމީޒާގެ އިތުރުން މުޙައްމަދު ހަލީމް ޢަބްދުﷲ އެވެ. ހަލީމަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސްގެ ރައީސް) ގެ އެވެ.