އައްޑގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މަރަދޫ، އާލް ، އަޙްމަދު ޙާރިޝް، 32، އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުތީ މި މަހު 11 ވަނަ ދުވަހޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
ހާރިޝް ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނަ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައި ވެއެވެ. މި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއް ވެސް ގަން ޕޮލިހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.