ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިންމައި ދަރިވަރުން 12 ދުވަހުގެ ޗުއްޓީއަކަށް މިއަދު ހިނގައްޖެ އެވެ.
ފުރަތަމަ ޓާމު ނިންމާލައި މިއަދު ރިޕޯޓް ފޯމް ދީފައިވާ އިރު، ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 2 ގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 81،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަަ އެވެ. އަދި ކިޔަވައި ދޭން 9،950 ޓީޗަރުން ހަރަކާތްތެރިވެ އެވެ.
މި އަހަރުގެ ދިރާސީ އަހަރު ނިންމާލައި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 ގަ އެވެ. އަދި އަންނަ އަހަރުގެ ދިރާސީ އަ އަހަރު ކިޔެވުން ފަށާނީ ޖެނުއަރީ 17 ގަ އެވެ.