Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ޑްރަގް ގެނައި އިންޑިއާ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އްޖެއަށް 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އިންޑިއާ ދެ މީހުންގެ އިތުރުން ތިން ދިވެެއްސެކެވެ. މައްސަލައިގައި ހިމެނޭ ދިވެހިންނަކީ އަހުމަދު އަފްރާހު އާއި ހަސަމް ޝަމްއޫންގެ އިލްޔާސް އަހްމަދެވެ. އެ ތިން މީހުން ތިބީ ކަސްޓީޑިއަލް ޖަލެއްގައި 10 ދުވަހަށް ބަންދުކޮށްފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އިންޑިއާ އަށް ނިސްބަތްވާ މުހައްމަދު މުސްތާކް ޖަމާލާއި ސިރަޖުދީން ރަޝިތާ އެވެ.

މި މީހުން އެތެރެކުރީ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 9 ގަ އެވެ. އަތުލައިގެން ތަކެތީގެ ބަރިދަމުގައި 8.3 ކިލޯ ހުރި އިތު އިރު، އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރަ އެވެ. އަތުލައިގަތް މަސްތުވާތަކެއްޗަކީ ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އެވެ.

އިންޑިއާ ދެ މީހުން ރާއްޖެއަށް މަސްތުވާތަކެތީ ގެނައީ އެ މީހުން ގެނައި ލަގެޖުގެ ފުލުގައި ފޯލްސް ބޮޓަމެއް ހަދައި އެތަނުގައި މަސްތުވާތަކެތި ފޮރުވައިގެންނެވެ. އަދި ކޮންމެ މީހެއްގެ ދަބަހުން 4.166 ކިލޯގްރާމް މަސްތުވާތަކެތި ފެނިފައިވެ އެވެ.

ކޯޓުގައި އޭގެ ތެރެއިން އެކަކު ބުނީ އެ ތަކެއްޗަކީ "ބާއީ" ފައިސާ ދޭން ބުނެގެން ރާއްޖެ އެތެރެކުރި ތަކެތި ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ދިވެހިން ހައްޔަރުކުރީ އިންޑިއާ މީހުންޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ގޮސް އުޅެނިކޮށެވެ.