Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

އަގުމަގު އެޕް ތައާރަފުކޮށްފި

ބާޒާރުގައި ތަކެތީގެ އަގުތައް ބަލާލެވޭ ގޮތަށް ތައާރަފުރި އަގުމަގު ޕޯޓަލްގެ މޮބައިލް އެޕް ތައާރަފުކޮށްފި އެވެ.

އެ އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.

"އަގުމަގު" ޕޯޓަލް އިކޮނޮމިކް މިނިޮސްޓްރީން ލޯންޗްކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 ގަ އެވެ.

އެ ޕޯޓަލް މެދުވެރިކޮށް މިހާތަނަށް ގެނެސްދެމުން އައީ މާލޭގެ ފިހާރަތަކުން ތަކެތި ވިއްކާ އަގުތަކެވެ. ނަމަވެސް މިހާރު ތައާރަފުކުރި އެޕާ އެކު އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ ކަމަށް މިިނިސްޓްރީން ބުންޏެވެ.

އެގޮތުން އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ އާންމު ތަކެތީގެ އަގުތައް ބަލައިލެވޭނެ ވެ. އެގޮތުން ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައް ވެސް އެޕުން ބަލައިލެވޭނެ އެވެ.

މިއީ ބާޒާރު ކުރަން ނުކުތުމުގެ ކުރިން ބަޖެޓް ރާވައިލަން އާންމުންނަށް ވަރަށް ބޮޑު ފަަސޭހައަކަށް ވާނެ އެވެ.