Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

އަަލަތު އަލްބަމް 88 އަހަރުގައި ނެރެނީ

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އަދި ދުވަސްވީ އެކްޓަރު އެންތަނީ ހޮޕްކިންސްގެ އޭނަގެ އަލަތު އަލްބަމް ނެރެން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 21 ގައި ނެރެން ނިންމާފައިވާ އަލްބަމްގެ ނަމަކީ 'ލައިފް އިޒް އަ ޑްރީމް' އެވެ.

ޑެކާ ކްލަސިކްސްގެ ތައްގަނޑުގައި ނެރޭ މި އަލްބަމްގައި ހިމެނޭނީ އޭނަގެ އަމިއްލަ ހަޔާތުގެ އެކި ދުވަސްވަރުގެ ކަންކަމުން އިންސްޕަޔާވެގެން ހަދާފައިވާ މިއުޒިކް ކަމަށް ހޮޕްކިންސް ބުންޏެވެ. އެގޮތުން ލައިފް އިޒް އަ ޑްރީމްގައި ހިމެނޭނީ 12 އޮކެސްޓްރަލް ކޮމްޕޮސިޝަނެވެ.

'ސައިލެންސް އޮފް ދަ ލޭމްބްސް' އާއި 'ހެނިބަލް' ފަދަ ފިލްމުތައް ކުޅެފައިވާ ހޮޕްކިންސް، 88، ބުނީ އަލްބަމްގައި ހިމެނޭ ބައެއް މިއުޒިކްތަކަކީ އޭނަގެ އެންމެ ޒުވާން ދުވަސްވަރު ހަދާފައިވާ މިއުޒިކްތައް ކަމަށެވެ. އެގޮތުން އަލްބަމްގައި ހިމެނޭ 'ބްރެކެން ރޯޑް' އަކީ 1963 ގައި ކޮމްޕޯސްކުރި ޓްރެކެއް ކަމަށް ހޮޕްކިންސް ބުންޏެވެ.

އޭނަގެ ޒާމާންވީ ހުވަފެނެއް އަންނަ މަހުގެ ތެރޭގައި ހަގީގަތަކަށްވެގެންދާ އިރު، ހޮޕްކިންސް އަކީ އުމުރުން އެންމެ 4 އަހަރުން ފެށިގެން ފިއާނޯ ކުޅެމުން އަންނަ ފަންނާނެކެވެ. އޭނަ ބުނި ގޮތުގައި މިއުޒިކަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. އަދި އެންމެ ގަޔާވާ ކަންތަކެވެ.

ފިލްމު ކުޅެގެން އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހޮޕްކިންސްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ގެނެސްދިން ސައިިކޮލޮޖިކަލް ތުރިލާ 'ލޮކްޑް' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ވައިފް އެންޑް ޑޯގް'، 'އައިސް އިން ދަ ޓްރީސް'، 'މަޒެރާޓީ ދަ ބްރަދާސް' އަދި 'ދަ ހައުސްކީޕާ' ހިމެނެ އެވެ.