Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

އޭއީއެޗްގެ އެމްބިއުލާންސް ކޮމްޕްލެކްސް ބީލަމަށް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސް ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން ބުރިއަށް ހަދަން ހަމަޖެހިފައިވާ ކޮމްޕްލެކްސްގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭއީއެޗްގެ އެމްބިއުލާންސް ކޮމްޕްލެކްސް އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ އެމްބިއުލާންސްގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާކޮށް ދިނުމަށްޓަކައި ހަބެއްގެ ގޮތުގައި ހަދާ ތަނެކެވެ. އެތަން ވާނީ ތަމްރީނު ލިބިފައިވާ ހާއްސަ މުވައްޒަފުންނާ އެކު ޒަމާނީ ވަސީލަތްތަކާ އެކު 24 ގަޑި އިރު ހިދުމަތް ދޭނެ ތަނަކަށެވެ.

އޭއީއެޗުން ބުނީ އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްގެ ސަބަބުން އައްޑޫގެ އިމަޖެންސީ ހާލަތްތަކުގައި ދެވޭ ހިދުމަތްތައް ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށެވެ. އެހެންވެ މިއީ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރަން ކުރިއަށް ގެންދެވޭ ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.