އީރާނަށް ނިއުކުލިއާ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފި އެވެ.
އީރާނަށް ނިއުކުލިއާ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ނިރުބަވެރި ރައީސް ޑޮނާލްޑް ޓުރަމްޕު ވަނީ ދެއްވައިފަ އެވެ.
އެމެރިކާގެ އެ އިންޒާރާ ވިދިގެން އީރާނުގެ ޖެނެރަލް ޔަހުޔާ ރަހީމް ސަފާވީ ވިދާޅުވީ އީރާނަށް ނިއުކުލިއާ ޙަމަލާއެއް ދިނުމަކީ އެންމެ މަންޠީޤީ ނިންމުމަށް ނުވެދާނެ ކަމަށެވެ.
އީރާނުގެ ސަރަޙައްދަކީ ގާތްގަނޑަކަށް 1.6 މިލިއަން އަކަކިލޯމީޓަރެވެ. އެ ޤައުމުގެ ސަރަހައްދުގެ ބޮޑު ބަޔަކީ ހަނަފަސް ސަހަރާއެވެ. އެކަމަކު، އެމެރިކާއާއި، އިޒުރޭލުން ޓެކްޓިކަލް ނިއުކުލިއާރ ޙަމަލާއެއް އެ ޤައުމަށް ދީފި ނަމަ، ޝައްކެއްނެތް ގޮތުގައި އީރާނަށް ބޮޑެތި އަދި ގިލަންވެރި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު މަރުވާނެއެވެ.
އެހެން ވިޔަސް ޓެކްޓިކަލް ނިއުކުލިއާރ ޙަމަލާއަކުން އީރާން އެއްކޮށް ހަލާކު ނުވެދާނެއެވެ. އަދި އެ ޤައުމުގެ ސަރަޙައްދުގެ ބޮޑުކަމުން އެ ޤައުމު ދިރި ދެމިއޮތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ނަމަވެސް އެފަދަ ޙަމަލާއެއް ދީފިނަމަ، ރައްދުގައި އީރާނުން ސީދާ ޙަމަލާތައް ދޭނީ ދިމޯނާ ނިއުކުލިއާރ ފެސިލިޓީއަށާއި، އިޒުރޭލުގެ އެހެނިހެން ނިއުކުލިއާރ މަރުކަޒުތަކަށާއި، އަދި ނިއުކުލިއަރ ހަތިޔާރު ކޮށާރުކޮށްފައިވާ ތަންތަނަށް ކަމަށް ޖެނެރަލް ޔަހުޔާ ވިދާޅުވިއެވެ. އިޒުރޭލް ފަދަ ކުޑަ ޤައުމަކަށް އެފަދަ ޙަމަލާއެއް އަމާޒުވެއްޖެނަމަ، ނަތީޖާއަކަށް ވާނީ ހީވެސް ނުކުރާފަދަ ގެއްލުން ބޮޑު، އަދި ފަނާކުރަނިވި އަނދަވަޅަކަށް އިޒުރޭލު ވެއްޓުމެވެ. ވީމާ، އިޚުތިޔާރު އޮތީ އެމެރިކާގެ އަތުގައެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.