ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ މެއި ރިލީޒްކުރި ލޯބީގެ ފިލްމި "ޗާންދު މޭރާ ދިލްް" ސްޓްރީމިން އަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.
މެއި މަހުގެ 22 ގައި ސިނަމާތަކަށް ގެނެސް، ބެލުންތެރިންގެ ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު ފިލްމު މާދަމާ އިން ފެށިގެން ސްޓްރީމް ކުރާނީ ޖިއޯ ހޮޓްސްޓާއިންނެވެ.
"ޗާންދު މޭރާ ދިލްް" ގެ ލީޑް ތަރިންނަކީ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ އެވެ. މި ފިލްމަކީ ލަކްޝްގެ ދެވަނަ ފީޗާ ފިލްމެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ ދަރުމާގެ 2024 ގެ އެކްޝަން ފިލްމު "ކިލްް" އިންނެވެ.
"ޗާންދު މޭރާ ދިލް" އަކީ ވިވެކް ސޯނީ ޑައިރެކްޓްކުރި ފިލްމެކެވެ.