Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އިތުރު 8 ރަށެއްގައި އާސަންދައިގެ ކައުންޓަރު

އާސަންދައިގެ ހިދުމަތްތައް ހޯދަން ފަސޭހަކޮށް ދިނުމުގެ ގޮތުން އިތުރު 8 ރަށެއްގައި އެތަނުގެ ކައުންޓަރުތަކެއް ހުޅުވައިފި އެވެ.

އަލަށް އާސަންދައިގެ ކައުންޓަރުތައް ހުޅުވި ރަށްތަކަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ލ. ގަން
ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ދ. ކުޑަހުވަދު އެވެ.

އާސަންދަ ކުންފުނިން ބުނީ މި ރަށްތަކުގައި ބެހެއްޓި ކައުންޓަރުތަކުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ޚިދުމަތް ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ.

އަލަށް ކައުންޓަރު ބެހެއްޓި ރަށްތަކާ އެކު މިހާރު ޖުމްލަ 11 ރަށެއްގައި އާސަންދައިގެ ކައުންޓަރުގެ ހިދުމަތް ލިބެމުން ދާނެ އެވެ.

ކުރިން އާސަންދައިގެ ކައުންޓަރުގެ ހިދުމަތް ލިބެމުން ދިޔައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ އަދި ކުޅުދުއްފުށީގަ އެވެ.

އާސަންދައިގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން 'މައި އާސަންދަ ޕޯޓަލް' މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.