Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭ ފަށަނީ

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހީން ކުރާ ހޭދައާ ގުޅޭ ސާވޭއެއް ކުރިއަށް ގެންދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވެއްހެ އެވެ.

މި ސާވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ސާވޭއެކެވެ.

އެގޮތުން "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" ކުރިއަށް ދާނީ މި މަހުގެ 25-31 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.

މަރުކަޒީ ބޭންކުން ބުނީ ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު ބޭނުމާއި ދަތުރުކުރި ގައުމާއި ޓިކެޓުގެ ޚަރަދާއި ހުރުމުގެ ޚަރަދާ އބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ.

ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް މި ސާވޭގައި ބޭނުން ނުކުރާނެ ކަމަށާއި، އަދި، އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން ދޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.