Last Updated: April 23, 23:56
Tuesday, April 23, 2024
ސިޔާސީ

އައްދު މިނިސްޓަރުންނާ ބައްދަލު ކުރެއްވުމުގައި

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) މިނިސްޓަރުންނާ ބައްދަލު ކުރެއްވުމުގެ "މަޝްރޫއެއް" ފަށައިފި އެެވެ.

އައްޑޫ ސިޓީ ކައުންސިލްފައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޕީޕީއެމްގެ މެމްބަރު އިއްޔެ ވަނީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މިއަދު އޭނާ ވަނީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރާއި ހެލްތު މިނިސްޓަރު އިރްތިޝާމް އާދަމާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

12938293_10153975702545180_4296426488228533408_n

މިދިޔަ ހަފުތާގައި އައްދު ވެސް ހިމެނޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ޓީމެއް މާލެ އަށް ކުރި ދަތުރެއްގައި އެކިއެކި މިނިސްޓްރީތަށް ޒިޔާރަތްކޮށްފަ އެެވެ.

12472718_10153973360875180_6503508603872658573_n

އެހެން ނަމަަވެސް ބައެއް މިނިސްޓްރީތަކުން ކައުންސިލަށް އެއްބާރުލުން ނުދިން ކަމަށް ކައުންސިލުން ބުންޏެވެ.

ސަރުކާރަށް ތާއީދު ކުރާ ހަމައެކަނި އައްޑޫ ކައުންސިލަރު އައްދު ވަކިވަކިން ގިނިކަންޏާ މިނިސްޓަރުންނާ އެކު ބާއްވާ ބައްދަލުވުންތަކާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެެވެ.

އެކަަމަކު އައްޑޫގެ ތަރައްގީ އަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ގަބޫލް ކުރެވެ އެވެ.