އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ކުރިއަށް އޮތް ފިލްމު 'ފައުޒީ' މި އަހަރުގެ ޑިސެންބަރު 3 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން 1940 ގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. ބޮޑު ބަޖެޓަކުން ހަދާފައިވާ 'ފައުޒީ' އަކީ އިންޑިއާގެ ދެކުނުގެ ޕްރޮޑިއުސަރުންތަކާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މީގެ ޑައިރެކްޓަރަކީ ހަނޫ ރަގަވްޕުޅީ އެވެ. 'ފައުޒީ' ގެ ބަތަލާ އަކީ އިމާންވީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މިތުން ޗަކްރަބަތީ، އަނޫޕަމް ކޭރް އަދި ކުރީގެ މަޝްހޫރު ބަތަލާ ޖަޔާ ޕްރަދާ ވެސް ހިމެނެ އެވެ.
"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ރޮމޭންޓިކް ހޮރޯ ކޮމެޑީ "ދަ ރާޖާސާބް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަގެ ތެރޭގައި 'އެނިމަލް' ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ 'ސްޕިރިޓް' އާއި ޑައިރެކްޓަރު ނާގް އަޝްވިން 2024 ގައި ގެނެސްދިން 'ކަލްކީ' ގެ ދެވަނަ ކިމެނެ އެވެ.