ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން އަހަރުގެ މިހާތަނަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 190،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 190،016 ޓޫރިސްޓުންޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ 1.1 މިލިއަން ފަތުރުވެރިންގެ 16.8 ޕަސެންޓެވެ.
އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމު:
* ޗައިނާ: 190،016 ޓޫރިސްޓުން
* ރަޝިއާ: 164،067 ޓޫރިސްޓުން
* އިނގިރޭސިވިލާތް: 91،574 ޓޫރިސްޓުން
* އިޓަލީ: 76،549 ޓޫރިސްޓުން
* ޖަރުމަން: 71،238 ޓޫރިސްޓުން
* އިންޑިއާ: 67،687 ޓޫރިސްޓުން
* ފްރާންސް: 30،471 ޓޫރިސްޓުން
* އެމެރިކާ: 28،917 ޓޫރިސްޓުން
* އޮސްޓްރޭލިއާ: 26،878 ޓޫރިސްޓުން
* ސްވިޓްޒަލޭންޑް: 22،473 ޓޫރިސްޓުން
ރާއްޖޭގައި މިހާރު އޮޕަރޭޝަންގައި ހުރީ 1،304 ޓޫރިސްޓް ފެސިލިޓީ އެވެ. އޭގެ ތެރޭގައި ހިމެނެނީ 179 ރިސޯޓާއި 936 ގެސްޓްހައުސް އާއި 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދެވެ.
އެގޮތުން ޖުމްލަ ބެޑް ކެޕޭސިޓީ އަކީ މިހާރު 68،190 އެވެ.